ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސައިންސް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގެ ގްރޭޑް 5 އާއި، ގްރޭޑް 6 އާއި، ގްރޭޑް 7 ގެ ދަރިވަރުންނަށް "ސައިންސް" މި މާއްދާ ކިޔަވައިދޭނެ ރިލީފް ޓީޗަރެއް ހޯދަން ބޭނުންވެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

މުވައްޒަފުގެ ތަޢުލީމީ ފެންވަރު

މުސާރަ

ސަރވިސް އެލަވަންސް

1- ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

2- މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

3- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ނޯޓު:

1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

ސުންގަޑި: މި ވަޒީފާއަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13:00 ގައި މި މަރުކަޒަށް، ތިރީގައިމިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

2. ސްކޫލް ލީވިންގ ސެޓުފިކެޓު.

3. ތަޢުލީމީ ސެޓުފިކެޓުތައް.

4. ވަނަވަރު.

5. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016
ހޯދާ