އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ސްޓާފުންގެ ފާޚާނާ މަރާމާތުކުރުން.
  • ސްޓާފްރޫމާއި އޮފީސްޢިމާރާތުގެ ތިނބީގެ ދަށުން ފެން ފޭބުން ހައްލުކުރުމާއި، ސީލިންގުގައި ހަލާކުވެފައިވާ ފިލާތައް ބަދަލުކުރުން.
  • އޮފީހާއި ސްޓާފްރޫމް ހިމެނޭ ޢިމާރާތާއި 5 ކްލާސްރޫމް ހިމެނޭ ޢިމާރާތުގެ ކޮޅުފިލާ ބަދަލުކުރުން.
  • ޢިމާރާތްތަކުގައި ކުލައާއި ދަވާދުލުން.

ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 11:00އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިފައިގެން ސްކޫލަށް ހާޒިރުވުމަށް އަންގަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް މަޢުލޫމާތު ސާފުކުވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580316 ނަންބަރާ ގުޅުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

8 މުޙައްރަމް 1438

09 އޮކްޓޫބަރު 2016
ހޯދާ