ދިވެހިރާއްޖެ
އިޢުލާން
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
2017 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މި ސްކޫލުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS-107/2016/24 (20 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެ މަސައްކަތަށް ކުރިމަތިލައި މަޢުލޫމާތު ސާފުކުރި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ކްލާސްރޫމް 5 ، 6 އަދި 7 ގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން.
- ރޫމް ނަންބަރު 8 ، 9 އަދި ސައިންސްލެބްގެ ކުޑަދޮރުފަތްތައް މަރާމާތުކުރުން.
- 9 ކްލާސްރޫމުގެ ތަޅު ބަދަލުކުރުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު، ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.
10 މުޙައްރަމް 1438