ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ނަންބަރު GS47/2016/99 (25 ސެޕްޓެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން މި ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަސައްކަތުގެ ތަފުސީލު
- ދަރިވަރުން ބޭނުންކުރާ ފާޚާނާ ބޮލްކުގައި ހުރި ތަށިތައް ނަގައި އާ ފާޚާނާތަށި (ޓޭންކާއެކު) ބެހެއްޓުމާއި، ތަޅުމުގައި މުށި ޖެހުމާއި، ފާޚާނާގެ ބޭރުން ދޮރުމަތީގައި އަޅާފައިވާ ތަޅުމުގައި މުށި ޖެހުމާއި، ފާޚާނާކޮޅުގައި މިހާރުހުރި މޫނު ދޮންނަ 2 ތަށި ނަގައި، އާ 2 ތަށި ބެހެއްޓުމާއި، މޫނުދޮންނަތަށްޓާ ދިމާގައި 6 ފޫޓުގެ ފުރާޅެއް ލައި ސީލިންގކުރުން.
- ޕާޓިޝަން ޖަހައިގެން ޕްރިންސިޕަލް އޮފީހެއް ހެދުން.
- ސްކޫލުން ދިދަދަނޑި ދިނުމުން، މައި ޢިމާރާތު ގޯތިތެރޭގައި 2 ދިދަދަނޑި ޖަހައި، އެސެމްބްލީ ޕްލެޓްފޯމް ހެދުން.
- ހަތަރުބުރި ޢިމާރާތުގެ ބޭރު ކުދިދޮރުތައް (އެލްމެނިއަމުން) މަރާމާތުކުރުން.
- މިހާރު ބޭނުންކުރަމުންދާ 7 ނޯޓިސްބޯޑު މަރާމާތުކުރުން.
ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އާދީއްތަދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
8 މުޙައްރަމް 1438