ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބޯފެންތާނގީތައް މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުން.
  • ހޯލް އިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުން.
  • ސްޓާފްރޫމަށް ބޯފެން އިސްކުރެއް ލުން.
  • 3 ކްލާސްރޫމުގައި މުށިޖެހުން.

މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 11:00 ގައި ނޭކުރެންދޫ ސްކޫލުގައެވެ.

ވިމާ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތ ދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

10 އޮކްޓޫބަރު 2016
ހޯދާ