ދިވެހިރާއްޖެ
ބިޑްހުށަހެޅުމުގެ ފުރުޞަތު
ރޯލަރ ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުން:
މި ހޮސްޕިޓަލްގެ އާ ޢިމާރާތުގައި (6 ފްލޯރގައި) ރޯލަރބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)LHAH-AH/LHAH/2016/5 (25 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑަައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:00 އަށް މި ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:30 އަށް މި ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިނުވާކަމުގައިވެސް ދަންނަވަމެވެ.
10 މުޙައްރަމް 1438