ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ނަންބަރު:GS168/IUL/2016/44 އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރީގެ ބޯޅަދަނޑުގެ ބިމުން މި ސްކޫލުގެ ގޯއްޗަށް އިތުރުކުރެވުނު ބައިގެ އިން ވަކިކުރުމަށް ފާރު ރާނައި ސިމެންތި ޖަހާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ދިއްގަރު ސްކޫލުގެ އޮފީސް |
23 އޮކްޓޫބަރު 2016 |
އާދީއްތަ |
13:00 |
|
އަންދާސީހިސާބު ހުށަހެޅުން |
ދިއްގަރު ސްކޫލުގެ އޮފީސް |
27 އޮކްޓޫބަރު 2016 |
ބުރާސްފަތި |
14:00 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
12 މުޙައްރަމް 1438