ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ސްކޫލުގެ އެކި ތަންތަނުގައި ހަލާކުވެފައި ހުރި ކާޓެއިންތަކާއި، ބްލައިންޑްތައް މަރާމަތުކުރުން.

2- ސްކޫލުގެ ކޮމްޕައުންޑުގެ ލައިޓްތައް ބަދަލުކުރުން.

3- ކޮރިޑޯތަކަށް ފެން ވިއްސާ މައްސަލަ ޙައްލުކުރުމަށް ކޮރިޑޯތަކުގައި އަސްކަނި ލައި ހިޔާކުރުން.

4- ލައިބްރަރީ ބޮޑުކުރުން.

5- ލީޑިންގ ޓީޗަރސްރޫމުގެ ކޮރިޑޯ ހިޔާކޮށް، ދޮރު ކަނޑައި، ދޮރު ހަރުކުރުން.

6- ކުނި ބަހައްޓާ ތަނެއް ހެދުން.

ވީމާ، އަމިއްލަ ތަކެތީގައި މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 ތަފުސީލު

މަޢުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

1- ސްކޫލުގެ އެކި ތަންތަނުގައި ހަލާކުވެފައި ހުރި ކާޓެއިންތަކާއި، ބްލައިޑްތައް މަރާމާތުކުރުން

2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ ހެނދުނު 9:00 ގައި

2016 އޮކްޓޫބަރު 25 އަންގާރަދުވަހުގެ   ހެނދުނު 9:00 ގައި

2- ސްކޫލުގެ ކޮމްޕައުންޑުގެ ލައިޓްތައް ބަދަލުކުރުން

2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގައި

2016 އޮކްޓޫބަރު 25 އަންގާރަދުވަހުގެ ހެނދުނު 10:00ގައި

3- ކޮރިޑޯތަކަށް ފެން ވިއްސާ މައްސަލަ ޙައްލުކުރުމަށް ކޮރިޑޯތަކުގައި އަސްކަނި ލައި ހިޔާކުރުން

2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 1:30 ގައި

2016 އޮކްޓޫބަރު 25 އަންގާރަދުވަހުގެ މެންދުރުފަހުގެ 1:30ގައި

4- ލައިބްރަރީ ބޮޑުކުރުން

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 9:00 ގައި

2016 އޮކްޓޫބަރު 26 ބުދަދުވަހުގެ ހެނދުނު 9:00 ގައި

5- ލީޑިންގ ޓީޗަރސްރޫމުގެ ކޮރިޑޯ ހިޔާކޮށް، ދޮރު ކަނޑައި، ދޮރު ހަރުކުރުން

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00ގައި

2016 އޮކްޓޫބަރު 26 ބުދަދުވަހުގެ ހެނދުނު 11:00 ގައި

6- ކުނި ބަހައްޓާ ތަނެއް ހެދުން

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:30 ގައި

2016 އޮކްޓޫބަރު 26 ބުދަދުވަހުގެ މެންދުރުފަހުގެ 1:30 ގައި

10 މުޙައްރަމް 1438

11 އޮކްޓޫބަރު 2016
ހޯދާ