ފިނޭ ސްކޫލް
ދިވެހިރާއްޖެ
ދޮރާއި ދޮރުފަތް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ބާޢިމާރާތުގައި ދޮރާއި ދޮރުފަތް ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

ސުކޫލުން ދޭ މަޢުލޫމާތާއި ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ސްކޫލުގެ ބާޢިމާރާތުގެ ހުރިހާ ކްލާސްރޫމުތަކުގައި ދޮރާއި ދޮރުފަތް (ކުޑަދޮރާއި ބޮޑުދޮރު ހިމެނޭގޮތަށް) ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ސިޓީއަކުން އަންގަވަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީދުވަސްތަކުގައި ހެނދުނު 8:00 ން 14:00 އަށް މި ސްކޫލުގެ ނަންބަރު 6520539 ފޯނާ ގުޅުއްވުން އެދެމެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

11:00

ބުރާސްފަތި

20 އޮކްޓޫބަރު 2016

މަޢުލޫމާތު ސާފުކުރުން

11:00

ބުރާސްފަތި

27 އޮކްޓޫބަރު 2016

އަންދާސީހިސާބު ހުށަހެޅުން

13 އޮކްޓޫބަރު 2016
ހޯދާ