އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ވަށާ މަގުފާރު ރޭނުމާބެހޭ

އިޢުލާން

ކުޑަކުދިންގެ ޕާކުގެ ވަށައި މަގުފާރު ރޭނުމާބެހޭ

މިރަށު ކުޑަކުދިންގެ ޕާކުގެ ވަށައި މަގުފާރު، މި އިދާރާއިން ދައްކާ މިންތަކަކަށް ފައުންޑޭޝަން އެޅުމާއި، ތަނބު ޖެހުމާއި، މަތީބެރި އަޅައި، ރާނައި، ދެފަރާތުގައި ސިމެންތިޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)345-CAA/345/2016/36 (8 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ، އިސްވެ ދެންނެވި އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކުޑަކުދިންގެ ޕާކުގެ ވަށައި މަގުފާރު ރޭނުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                  

12 މުޙައްރަމް 1438             

13 އޮކްޓޫބަރު 2016
ހޯދާ