ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީ އިން ދޭ މަޢުލޫމާތާ އެއްގޮތައް މާލޭ ވަޅޯމަސް މާރުކޭޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)138-AS6/138/2016/187 އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލުމާތު ޝީޓަށް ބަދަލު އައިސްފައިވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ މެންދުރު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 20 ވަނަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
10 މުޙައްރަމް 1438
