ދިވެހިރާއްޖެ
އިޢުލާން
ތުލުސްދޫ އިޖުތިމާޢީ މަރުކަޒުގެ ކޮޓަރިތައް މަރާމާތުކުރުން
ތުލުސްދޫ އިޖުތިމާޢީ މަރުކަޒުގެ ކޮޓަރިތައް މަރާމާތު ކުރުމަށް 16 އޮގަސްޓު 2016 ގައި ކުރެވުނު ނަންބަރު (IUL)333/333/2016/57 އިޢުލާނާ ގުޅިގެން އެ މަސައްކަތްކޮށްދިނުމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 13:30 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 13:30 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
10 މުޙައްރަމް 1438