ދިވެހިރާއްޖެ
އިޢުލާން
ފާލަން މަރާމާތުކުރުން
ތުލުސްދޫގެ ރަސްމީ ފާލަން މަރާމާތުކުރުމަށް 3 އޮގަސްޓު 2016 ގައި ކުރެވުނު ނަންބަރު: (IUL)333/333/2016/52 އިޢުލާނާ ގުޅިގެން އެ މަސައްކަތްކޮށްދިނުމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 24 ވާ ހޯމަ ދުވަހުގެ 13:00އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
10 މުޙައްރަމް 1438