ދިވެހިރާއްޖެ
އިޢުލާން
ފިލާބިލްޑިންގ 1 ގެ 3 ވަނަފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓު އޮފީސްބައި ކުއްޔަށް ދިނުން
ފިލާބިލްޑިންގ 1 ގެ 3 ވަނަފަންގިފިލާ (އުތުރުބައި) - 435 އަކަފޫޓު އޮފީސް ބައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-TF/1/2016/219) ޢިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ތަން 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން "ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 19 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމު އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން 2016 އޮކްޓޫބަރު 12 ވާ ބުދަ ދުވަހުގެ 9:00 އިން ފެށިގެން ލިބެންހުންނާނެއެވެ.
ކުއްޔަށްހިފުމަށް އެދޭ ފޯމު ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ، ތަޢުލީމީ ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.