ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ. ހޯރަފުށީ ސްޕޯޓްސް އެރީނާގެ ވަށައި ފެންސް ޖެހުމާ ގުޅޭ

ހއ. ހޯރަފުށީ ސްޕޯޓްސް އެރީނާގެ ވަށައި ފެންސް ޖެހުމުގެ މަސައްކަތް ހޯރަފުށީ ކައުންސިލުގެ އިދާރާއިން ދޭ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)247-EDSS/247/2016/52  (6 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލުގެ އިދާރާއަށް ހާޒިރުވެދެއްވައި މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކޮށްދިނުމާއި ބިޑު ހުށަހަޅާ ފޯމު ދޫކުރުން

13 އޮކްޓޫބަރު 2016

ބުރާސްފަތި

11:00

ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

18 އޮކްޓޫބަރު 2016

އަންގާރަ

11:00

އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފޯމާ ހަވާލުވުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ