ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13.00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13.00 އަށް މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު ބަޔާންކޮށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި މި އިދާރާއިން ނެރުނު ނަންބަރު (IUL)257/257/2015/60 (12 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016
ހޯދާ