ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބީ.އޯ.ކިޔު އާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެ، ހދ މަކުނުދޫގެ ފުޓްސަލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެ މިނސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެ މިނިސްޓްރީން ހުށަހަޅާ ބީ.އޯ.ކިޔު އާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)270/INDIV/2016/57  އިޢުލާނަށް އެކަށީގެންވާވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ބަޔާންކުރެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކުން، އެ ފަރާތަކުން ތަމްސީލުކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއް ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިނުވާ އެއްވެސް ފަރުދަކަށް، ނުވަތަ ކުންފުންޏަކަށް ވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާ ފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު (70 އިންސައްތަ)
  2. މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ (10 އިންސައްތަ)
  3. މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު (10 އިންސައްތަ)
  4. މިފަދަ މަސައްކަތް ކުރެވޭނެކަމުގެ މާލީ ޤާބިލުކަން (10 އިންސައްތަ)

9 މުޙައްރަމް 1438

10 އޮކްޓޫބަރު 2016
ހޯދާ