ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ކްލާސްރޫމް ޢިމާރާތުގެ ޓިނު ބަދަލުކޮށްދިނުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަދަރުސާގެ ނަންބަރު: GS34/2016/19 (26 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަދަރުސާގެ 6 ކްލާސްރޫމް ޢިމާރާތުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

ވީމާ، މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި 6 ކްލާސްރޫމް ޢިމާރާތުގެ ޓިނު ބަދަލުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 11:00އަށް އަންދާސީހިސާބު ހިއްޕަވައިގެން ހާޒިރުވެދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "6 ކްލާސްރޫމް ޢިމާރާތުގެ ޓިނު ބަދަލުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެނުލައްވާ، މަޢުލޫމާތުކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

10 މުޙައްރަމް 1438         

11 އޮކްޓޫބަރު 2016
ހޯދާ