ދިވެހިރާއްޖެ
| 
 އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.  | 
|
| 
 މަޤާމުގެ ރޭންކް: އެސް. އެސް. 1  | 
 މަޤާމް: މަސައްކަތު  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1  | 
 މަޤާމުގެ ގިންތި: ދާއިމީ  | 
| 
 ސަރވިސް އެލަވަންސް: -/1000 ރުފިޔާ  | 
 ބޭނުންވާ އަދަދު: 1 (އެކެއް)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ ޔުނިޓް: އިދާރީ ސެކްޝަން  | 
 މުސާރަ: މަހަކު -/3100 ރުފިޔާ  | 
| 
 އެހެނިހެން ޢިނާޔަތްތައް: ކަނޑައެޅިފައިފާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ލިބޭނެއެވެ.  | 
|
| 
 މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: ހއ. މޮޅަދޫ ސްކޫލް/ ހއ. މޮޅަދޫ  | 
|
| 
 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: 1. ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން. 2. ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ، ކުރަހާފައިވާ ތަކެތި ސާފުކުރުން. 3. ގޯތިތެރެއާއި މަގުމަތީ ސަރަޙައްދުގެ ކުނި ކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން. 4. ސްކޫލުގެ އޮފީހާއި، ލައިބްރަރީއާއި، ފާޚާނާތަކުގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން. 5. ގޯތިތެރެއަށް ފެންޖެހުމާއި، ގަސްތަކަށް ފެންދިނުން. 6. އޮފީހާއި ސްޓާފްރޫމްގައި ފެންލާންޖެހޭ ކޫލަރުތަކަށް ބޯފެން އަޅާފައި ބެހެއްޓުން. 7. ސްކޫލުގެ ދިދަ ނެގުމަށް ތައްޔާރުކުރުމާއި ދިދަ ތިރިކުރުން. 8. ކުލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ބިއްލޫރިތަކާއި، ފަންކާތައް ސާފުކުރުން. 9. ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.  | 
|
| 
 މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން: 1- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. 2- މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު. 3- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް ހުރި މިންވަރު.  | 
|
| 
 އިންޓަވިއު ކުރުން: ހ- މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި ޢިއުލާނުގެ މުއްދަތު ހަމަވާތާ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ށ- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށެވެ.  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) 2. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ.) 3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް ނެގިފައިވާ ސާފު ކޮޕީއެއް) 5. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން. 6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  | 
|
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.  | 
|
| 
 އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި ސްކޫލުގެ 6500561 ނަންބަރު ފޯނަށެވެ. ގުޅާނީ ރަސްމީގަޑީގައެވެ.  | 
|
| 
 10 މުޙައްރަމް 1438  | 
|
