އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓުކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ލޯކަލް ކައުންސިލް އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓުކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު (9 އޮކްޓޫބަރު 2016 ގައި) ގެޒެޓް ކޮށްފީމެވެ. މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައާއި، ކޮމިޝަނުގެ ވެބްސައިޓް (http://www.elections.gov.mv) ގައި ޝާއިޢުކޮށްފައިވާނެއެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން (VR Space IDNo. Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކުކުރެވޭނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2016 އޮކްޓޫބަރު 09 އިން 2016 އޮކްޓޫބަރު 18 ގެ ނިޔަލަށް، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ހަވީރު 5:00 އަށެވެ. ޝަކުވާ ހުށަހަޅުއްވަންވާނީ ޝަކުވާ ހުށަހަޅާ ފޯމުންނެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 މުޙައްރަމް 1438

09 އޮކްޓޫބަރު 2016
ހޯދާ