ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި ރާނާފައި ހުރި ފާރެއްގައި ސިމެންތިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށިޖަލުގައި ރާނާފައި ހުރި ފާރެއްގައި ސިމެންތިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު ނަންބަރު:(IUL) 167-PR/1/2016/52 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިން ފަރާތުން ހާޒިރުވެފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
16 އޮކްޓޫބަރު 2016 |
އާދީއްތަ |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
23 އޮކްޓޫބަރު 2016 |
އާދީއްތަ |
10:00 |
05 މުޙައްރަމް 1437