ކެންދޫ ސްކޫލް
ދިވެހިރާއްޖެ
މަލްޓިމީޑިޔާ ޕްރޮޖެކްޓަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މަލްޓިމީޑިޔާ ޕްރޮޖެކްޓަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ ހަތް ކްލާސްރޫމަށް ބޭނުންވާ މަލްޓިމީޑިއާ ޕްރޮޖެކްޓަރ ގަތުމަށްފަހު އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ނަންބަރު: GS132/2016/38 (29 އޮގަސްޓު 2016) އިޢުލާނާއި، ނަންބަރު: GS132/2016/40 (19 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާތީ، އެ އިޢުލާނުތައް ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 13:00 އަށް

2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 ޛުލްޙިއްޖާ 1437

29 ސެޕްޓެންބަރު 2016
ހޯދާ