ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަނޑު ކުއްޔަށް ދިނުން
އިޢުލާން
ހދ. މަކުނުދޫ ހުޅަނގުފަރާތުގެ އަތިރިމަތީގެ ޖެޓީ ސަރަޙައްދުގައިވާ ރުއްގަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
- މަކުނުދޫ ހުޅަނގުފަރާތުގެ އަތިރިމަތީ (ޖެޓީ ސަރަޙައްދު) ގައިވާ ރުއްތައް (ފޯދިފައިވާ 50 ރުއް)
- ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:
މީލާދީ 2 (ދޭއް) އަހަރު
- ސުންގަޑި:
2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 11:00 އެވެ. (މަކުނުދޫ ކައުންސިލުގެ އިދާރާއަށް.)
- އަގު ހުށަހަޅަންވީ ގޮތް:
- މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.
- މިކަމަށް އެދި ހުށަހަޅާ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.
- އަގު ފޯމު ހުށަހަޅަންވާނީ، މަތީގައި ދެންނެވިފައިވާ ސުންގަޑީގައި، މި އިދާރާގައި ބޭއްވޭ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ކޮމެޓީއަށެވެ.
- ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ބަދަލު ސިޓީ ހުށަހަޅަންވާނެއެވެ.
- ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
9 މުޙައްރަމް 1438
10 އޮކްޓޫބަރު 2016
ހޯދާ