ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ކޮންސަލްޓަންޓް
ބޭނުންވާ އަދަދު: 1 (އެކެއް)
ފެންވަރު ނުވަތަ ޝަރުޠު:
- ބްރޭންޑިންގއާއި، ޑިޒައިނިންގ ނުވަތަ ޕެކޭޖިންގެ އޭރިއާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ފުޑް ޕްރޮސެސިންގއާއި ޕެކޭޖިންގ މެޝިނަރީޒް އޭރިއާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
- އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
މަސައްކަތް ކުރަންޖެހޭ ގަޑި: ހަވާލުކުރެވޭ މަސައްކަތް، ދެވިފައިވާ މުއްދަތަށް ނިންމުން.
މުސާރަ: މަހަކު -/12،000 ރުފިޔާ
ވަޒީފާގެ މުއްދަތު: 6 (ހައެއް) މަސްދުވަސް
މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފްސީލާއި، މަސްއޫލިއްޔަތާއި، ތަފްސީލް ޓާރމްސް އޮފް ރެފަރެންސް، މި މިނިސްޓްރީގެ http://www.trade.gov.mv ގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުމުން ލިބޭނެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 14:00 އެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން.
2. ސީ.ވީ.
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.
ތަކެތި ހުށަހަޅަންޖެހޭ ތަން: ފޮނުވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު.
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 އާއި 14:00 އާ ދެމެދު 3003018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
4 މުޙައްރަމް 1438