ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1
ރޭންކް: އެމް. އެސް 2
ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2
މުސާރަ: މަހަކު -/6295 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / މާލެ
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކޮލިޓީ އެޝުއަރެންސް ސަރވިސް ސެކްޝަން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ/ މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސް އެޕްރޫވް ކުރުމާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތައް ބަލައިގަތުމާއި، އެންޓްރީ ނެގުމާއި، ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން. އަދި އެލިޔުންތަކަށް ޖަވާބުދިނުން.
- ކޯސް އެޕްރޫވް ކުރުމަށްޓަކައި ކޯސް ޑޮކިއުމެންޓުގެ "އެޑްމިނިސްޓްރޭޓިވް ރިވިއު" ކުރުން.
- "އެޑްމިނިސްޓްރޭޓިވް ރިވިއު" ގެ ނިންމުންތަކާއި އެކަޑަމިކް ރިވިއުގެ ނިންމުންތައް ކޯސް ހުށަހެޅި ފަރާތަށް އެންގުމާއި، ކޯސް ޑޮކިއުމަންޓް އެޕްރޫވްކޮށް ދިނުން.
- އެޕްރޫވްކޮށްދޭ ކޯސްތަކުގެ ރަޖިސްޓަރީއެއް އެކުލަވާލައި ބެލެހެއްޓުން.
- އެޕްރޫވްކޮށްދީފައިވާ ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ޑޮކިއުމަންޓާއި މަޢުލޫމާތު ބެލެހެއްޓުން.
- ކޯސް އެޕްރޫވްކުރުމާ ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމާއި، އެ މަޢުލޫމާތަށް އެދޭ ފަރާތްތަކަށް މަޢުލޫމާތުދީ، އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.
- އިންސްޓިޓިއުޝަނަލް ސްޕަރވިޝަން އާއި އިންސްޓިޓިއުޝަނަލް އޮޑިޓާގުޅޭ މަސައްކަތުގައި ފަންނީ އަދި ޕްރޮފެޝަނަލް ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އިންޓަރނަލް ކޮލިޓީ އެޝުއަރެންސް، އިންޓަރނަލް އަދި އެކްސްޓަރނަލް ސްޕަރވިޝަން އަދި އިންސްޓިޓިއުޝަންތައް އޮޑިޓްކުރުމާގުޅޭ މަސައްކަތްކުރާ މުވައްޒަފުން ސަލާމް ބުނުން، ނުވަތަ އެހެންވެސް ސަބަބަކާހުރެ ކޯސް އޮޑިޓް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތްތައް ކުރުން.
ޝަރުޠު:
- އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝްން/ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝްން/ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝްން/ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝްން/ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަރވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 23 އޮކްޓޫބަރު 2016 އަދި 27 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓު (www.csc.gov.mv) އިން ޑައުންލޯޑު ކުރެވޭނެއެވެ.
2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބަލައި ލެވެލްކޮށްފައިވާ (ވެލިޑޭޓްކޮށްފައިވާ) ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ވެލިޑޭޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް ވެލިޑޭޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 13:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341240 / 3344077 ފޯނަށް ގުޅުއްވުން އެދެމެވެ.