ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
5 ޕިކަޕް (2.5 ޓަނު ނުވަތަ 3 ޓަނު) ކުއްޔަށް ހިފުން
މި ކޯޕަރޭޝަނުން އައްޑޫސިޓީގައި ކުރިއަށްގެންދާ ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގައި ބޭނުންކުރުމަށް 2.5 ޓަނު ނުވަތަ 3 ޓަނު ގެ 3 ޕިކަޕް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާނު ނަންބަރު MRDC/IFB/2016/27 އަށް ހުށަހަޅައިފައިވާ ގިނަ ބިޑްތަކުގައި ޝަރުޠު ހަމަނުވާތީ އިޢުލާން ބާޠިލުކޮށް، 2.5 ޓަނު ނުވަތަ 3 ޓަނު ގެ 5 ޕިކަޕް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ތަކެތި ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ކޯޕަރޭޝަނުގެ ސ.ހިތަދޫ ސައިޓްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ކޯޕަރޭޝަނުގެ ސ.ހިތަދޫ ސައިޓްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+
ފެކްސް ނަންބަރު: 9603317133+
8 މުޙައްރަމް 1438