ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތަކާ ގުޅޭ:
މި އިދާރާގެ ނަންބަރު:(IUL)/305/305/2016/85 (29 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތިރީގައިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.
ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު:
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
80% |
ހުޅަހަޅާ އަގަށްދެވޭ މާކްސް މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގަށެވެ. |
އެންމެ ކުޑައަގު 80x ހުށަހެޅިފައިވާ އަގު |
ތަޖުރިބާ |
10% |
ތަޖުރިބާއަށް ދެވޭ މާކްސް މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ދިގު މުއްދަތަށެވެ. |
މުއްދަތު 10x އެންމެ ދިގު މުއްދަތު |
މުއްދަތު |
10% |
މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށެވެ. |
އެންމެ ކުރުމުއްދަތު 10x އެންމެ ދިގު މުއްދަތު |
1- ބިޑް އިވެލުއޭޓްކުރާނީ މި އިދާރާގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
2- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ.
3– ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ، ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
ރ. މާކުރަތު ކައުންސިލުގެ އިދާރާ
ރ. މާކުރަތު، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 14:00 އާ ދެމެދު މި އިދާރާގެ ނަންބަރު 6580015 ފޯނަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
4 މުޙައްރަމް 1438