ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: މަލްޓި މީޑިއާ ސްޕެޝަލިސްޓް |
މުސާރަ: މަހަކު -/9,000 ރުފިޔާ އެލަވަންސް: މަހަކު -/6,000 ރުފިޔާ |
ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
ޝަރުޠު: - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ - މަލްޓިމީޑިއާ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - މި ކޯޕަރޭޝަނުގެ ސޯޝަލް އެންޑް ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުން. - މި ކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ޒިޔާރަތްކުރާ ފަރާތްތަކުން ޝައުޤުވެރިވާނެ ފަދަ ކެމްޕެއިންތައް ރާވައި ހިންގުން. - މި ކޯޕަރޭޝަންގެ ވެބްސައިޓުގެ އޯޑިއަންސަށް ކަމުދާނެ ފަދަ ތަފާތު ބައިތައް (ފޮޓޯ، ވީޑިއޯ، މަޢުލޫމާތު) ހިމަނައި، ވެބްސައިޓުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ ފަރާތުން ޑިޒައިންކުރަން ބޭނުންވާ ތަކެތި ޑިޒައިންކުރުން. |
|
ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13:30 ގެ ކުރިން، ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މި ބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.) |
|
:އިތުރު މަޢުލޫމާތު
ސިޓީ އެޑްރެސް ކުރައްވާނީ: ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
5 މުޙައްރަމް 1438 |