ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގަމުންދާ ޕޮއިޒްޑް ޕްރޮޖެކްޓަށް ބޭނުންވާ އައި.ޓީ އިކުއިޕްމަންޓްސް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެދަށުން 11 ފެބުރުވަރީ 2009ގައި ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރު 2010ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.
ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތުޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތުޝީޓު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޮޑިޓޯރިއަމްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބަންދުކުރެވިފައިވާ ބީލަންތައް 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 10:30 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ.
