ދިވެހިރާއްޖެ
އިޢުލާން
މާފަންނު މަދަރުސާއާއި ގަލޮޅު މަދަރުސާގައި ބައެއް މަރާމާތު ކުރުމާބެހޭ
މާފަންނު މަދަރުސާއާއި ގަލޮޅު މަދަރުސާގައި 2017 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް ބައެއް މަރާމާތުތައް ކުރަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީ (ވެލާނާގޭ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
17 އޮކްޓޫބަރު 2016 ވާ ހޯމަ ދުވަހު 11:00 އަށް |
24 އޮކްޓޫބަރު 2016 ވާ ހޯމަ ދުވަހު 14:00 އަށް |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި 3341153 ނުވަތަ 3341126 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
05 މުޙައްރަމް 1438