މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީއަށް، ތިރީގައިމިވާ ތިން މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

1. މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ނަންބަރު:

J-258956

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މުވައްޒަފުންނާބެހޭ ގަވާއިދުތައް ހިންގުމުގައި އެކަންކަން ހިންގަން ތިބޭ ވެރިންނަށް ކަން ހިންގޭނެ މަގު ފަހިކޮށްދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ހިންގުމުގައި، އެކަންކަން ހިންގަން ތިބޭ ވެރިންނަށް ލަފާޔާއި އިރުޝާދު ދިނުމާއި، އެކަންކަން ހިންގައި ބެލެހެއްޓުން.
  2. މުވައްޒަފުންގެ ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައާއި ޚިދުމަތްދިނުމުގައި، މުވައްޒަފުން ޤާބިލު ބަޔަކަށް ހެދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެކަންކަން ހިންގަން ތިބި ވެރިންނަށް ލަފަޔާއި އިރުޝާދު ދިނުމާއި، އެކަންކަން ހިންގައި ބެލެހެއްޓުން.
  3. މުވައްޒަފުންނާބެހޭ ކަންތައްތައް ހިންގުމަށް ބޭނުންވާ ތަކެއްޗާއި، ތަނުގެ އިންތިޒާމުތައް، އެކަންކަން ކުރުމަށް، އެންމެ ފަހިވާނެގޮތަށް ހަމަޖައްސައިދިނުމުގައި، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވެންއޮތް އެންމެ ރަނގަޅަކަށް އެކަންކަން ކުރެވޭނެ އިންތިޒާމުތައް، އެ މަސައްކަތްތައް ބަލަހައްޓާ ވެރިންނަށް ފަހިކޮށްދިނުމާއި، ހިންގައި ބެލެހެއްޓުން.
  4. ފައިސާ ޚަރަދު ކުރުމާއި، ފައިސާ ބަލައިގަތުމާއި ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ހިންގުމުގައި އެކަންކަން ހިންގަން ތިބޭ ވެރިންނަށް ކަން ހިންގޭނެ މަގު ފަހިކޮށްދިނުމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ފައިސާ ޚަރަދު ކުރުމާއި، ފައިސާ ބަލައިގަތުމާއި ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ހިންގުމުގައި އެކަންކަން ހިންގަން ތިބޭ ވެރިންނަށް ލަފަޔާއި އިރުޝާދު ދިނުމާއި، އެކަންކަން ހިންގައި ބެލެހެއްޓުން.
  5. މިނިސްޓްރީގެ އެންމެހައި މަސައްކަތްތައް ރޭވުމުގައާއި ހިންގުމުގައި، ޕަރމަނަންޓް ސެކްރެޓަރީއަށް އެއްބާރުލުން ދިނުމާއި، ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތުގެ އަލީގައި ކަންކަން އިޞްލާޙު ކުރުމަށް މަސައްކަތްކުރުމާއި، މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވޭ ކަންތައްތައް ރޭވުމުގައި އެހީތެރިވުން.
  6. މިނިސްޓްރީން ޢަމަލު ކުރަމުންގެންދާ ޤާނޫނުތަކަށާއި، ގަވާއިދުތަކަށް، އެ އިރަކަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުމާއި، އިޞްލާޙުތައް ގެނައުމުގައި އެހީތެރިވެދިނުން.
  7. މިނިސްޓްރީގައި ހިންގައި ބަލަހައްޓާ ކަންތައްތަކާއި، ދެމުންގެންދާ ޚިދުމަތްތަކާބެހޭ އެސް.އޯ.ޕީ. ތައް ލިޔެ ތައްޔާރުކުރުމުގައާއި، އެސް.އޯ.ޕީ އަށް އިޞްލާޙުތައް ގެނައުމުގައި އެހީތެރިވެދިނުމާއި، ލަފައާއި އިރުޝާދު ދިނުން.
  8. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު

80098

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ޕޮލިސީ ކޯޑިނޭޝަން ސެކްޝަން/ ޕްލޭނިންގ އެންޑް ޕޮލިސީ ކޯޑިނޭޝަން ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. މިނިސްޓްރީގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ޕްރަޔަރިޓީ ލިސްޓުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ކުރަންޖެހޭ ކޯޑިނޭޝަން މަސައްކަތްތައް ކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވެދިނުމާއި، ޤާނޫނުތައް ހެދުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

2. ބިޒްނަސް ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރުން.

3. އީ އައި އެފް ގެ ދަށުން ރާއްޖޭގެ ޓްރޭޑް ކެޕޭސިޓީ ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތަކުގައި ކޯޑިނޭޓަރަށް އެހީތެރިވުން.

4. މިނިސްޓްރީއަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ހުށަހަޅާ ޤާނޫނުތަކާއި ގަވާއިދުތަކާއި ކަރުދާސްތަކަށް މި މިނިސްޓްރީން ފޮނުވަންޖެހޭ ކޮމެންޓްތައް ފޮނުވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

5. ނޭޝަނަލް ޓްރޭޑް ޕޮލިސީ ކޯޑިނޭޓިންގ ކޮމިޓީގެ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރުން.

6. ސެކްޝަނުން ބާއްވާ ޖަލްސާތައް އިންތިޒާމުކުރުމުގެ މަސައްކަތްތައްކުރުމާއި، އަދި ޔުނިޓުގެ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓައި ގަވާއިދުން ފައިލްކުރުން.

7. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އިކޮނޮމިކް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް ލޯ/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އިކޮނޮމިކް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް ލޯ/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

3. މަޤާމު

އެސިސްޓެންޓް ޕޭޓެންޓް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު:

110861

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި ޢިނާޔަތްތައް

 

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ބިޒްނަސް ރަޖިސްޓްރޭޝަން ސެކްޝަން/ އަދަރ ޕަރމިޓްސް އެންޑް ބިޒްނަސް ސަރވިސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ކައުންޓަރުން ކަސްޓަމަރުންނަށް ދޭ ވިޔަފާރި ޚިދުމަތްތަކާ ގުޅޭ ހުރިހާ ހުއްދައެއް ހެދުމާއި ކެންސަލް ކުރަންޖެހޭ ހުއްދަތައް ކެންސަލްކުރުމާއި އިމްޕޯޓް އަދި އެކްސްޕޯޓް ލައިސަންސް ހެދުން.
  2. ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ހެދުމާއި، ފައިލުކުރަންޖެހޭ ލިޔެކިޔުންތައް ފައިލްކުރުން.
  3. ހުއްދަ/ލައިސަންސްގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން. އަދި އެ ދުވަހެއްގެ ކައުންޓަރުގެ މަސައްކަތް ނިމުމުން، އެދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  4. ފައިސާ ނުދައްކާ ވިޔަފާރި ހުއްދަތައް ސިސްޓަމުން ކެންސަލްކުރުން. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކޮންމެ މަހަކު ފޮނުވާ ރިޕޯޓު ލިބުމުން، އެ ރިޕޯޓަށް ބަލައި ސިސްޓަމް އަޕްޑޭޓްކުރުން.
  5. ނަން ފާސްކުރުން. އަދި ވިޔަފާރިނަން ރަޖިސްޓަރީކުރުން.
  6. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްދިނުން. އަދި ފައިލްކޮށް ޑޭޓާ ބެލެހެއްޓުން.
  7. އަލަށް ރަޖިސްޓަރީ ކުރަން ހުށަހަޅާ ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަޢުލޫމާތު ޗެކް ކުރުމާއި، އެޕްލިކޭޝަން ޕްރޮސެސް ކުރުން.
  8. ކުންފުނީގެ ސިއްކަ ރަޖިސްޓަރީ ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން. (ކައުންޓަރުން ވަގުތުން ދޭ ޚިދުމަތް)
  9. ސަރުކާރުގެ އޮފީސް، އެހެނިހެން ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން.
  10. ޝެއަރ ޓްރާންސްފަރ ހެދުމުގެ ހުރިހާ މަސައްކަތް ކުރުން.
  11. ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން.
  12. ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައިގަތުން.
  13. ކުންފުނީގެ ނަން، އެޑްރެސް ބަދަލުކުރުން.
  14. ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ލިކުއިޑޭޓް ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން.
  15. ކުންފުނިތަކުގެ ފައިލްތައް ތަރުތީބުކޮށް ބެލެހެއްޓުން.
  16. މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން.
  17. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ކިޔަނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 އޮކްޓޫބަރު 17 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ރާއްޖެއިން ބޭރުގެ ސެޓުފިކެޓެއްނަމަ، އެ ކްރެޑިޓްކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު www.trade.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333160 ނަންބަރު ފޯނާ ގުޅުމުން، ނުވަތަ [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

4 މުޙައްރަމް 1438

05 އޮކްޓޫބަރު 2016
ހޯދާ