ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިމާރާތެއްގެ އީ.އައި.އޭ ހެދުމާއި، ޑިޒައިންކުރުމުގެ މަސައްކަތް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "މިކްސް އޮފީސް" ޢިމާރާތެއްގެ އީ.އައި.އޭ ހެދުމާއި، ޑިޒައިންކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 13:00 އަށް، ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަނުގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 19 ވާ ދުވަހުގެ 13:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަނުގެ މައި އޮފީހުގެ މީޓިންގ ރޫމަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.

މި ބިޑްގެ ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://hdc.com.mv/announcements އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144 މި ނަންބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 މުޙައްރަމް 1438

06 އޮކްޓޫބަރު 2016
ހޯދާ