ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެލްމިނިއަމް ދޮރުތައް ޖަހައިދޭނޭ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލް އަޕްގްރޭޑްކުރުމަށްޓަކައި ހޯދަންޖެހޭ އެލްމިނިއަމް ދޮރުތައް ޖަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 10:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ 13:30 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެއެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

04 އޮކްޓޫބަރު 2016
ހޯދާ