ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމަށް
2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރުގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް
2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.
އިމްތިޙާނުތަކަށް ކަނޑައެޅޭ އިންވިޖިލޭޓަރުންގެ ޝަރުޠު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އިމްތިޙާނުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލުމާ ޙަވާލުވެ ތިބޭ އިންވިޖިލޭޓަރުންނަކީ މި ޝަރުޠުތައް ފުރިހަމަވާ މީހުންނަށް ވާންޖެހޭނެއެވެ.
-
އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
-
އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
-
އިންވިޖިލޭޓްކުރާ، (އެ އަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ނުވުން:
- މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް،ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް.
- މުސާރަ:
އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަނަކަށް -/200 ރ (ދުއިސައްތަ ރުފިޔާ)
މިކަމަށް އެދޭ ފޯމު މިޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެން ހުނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް 3325488 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ޝުކުރިއްޔާ !