ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 1)
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/6,185 ރުފިޔާ
ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ
ރިސްކް އެލަވަންސް: މަހަކު -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ހާޒިރީ އެލަވަންސްގެގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އިންޓަވިއު: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ.
ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި އޮފީހަށް ހުށަހެޅުން އެދެމެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
2- ވަނަވަރު
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން.
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި އޮފީހުގެ 3003289 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
4 މުޙައްރަމް 1438