ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
ޕާޓިޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕާޓިޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ހޯލް ޢިމާރާތުގައި ކްލާސްރޫމުތައް ވަކިކުރުމަށް ޖަހާފައިވާ ޕާޓިޝަންތައް މަރާމާތު ކުރުމަށް ކުރެވުނު ނަންބަރު:GS-177/2016/11 (28 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަދަދު މަދުވުމާއެކު، އަލުން އެކަމަށް އެދި އިޢުލާނު ކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 11:30 ގައި.

2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ