ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނުގެ ތިލަފުށީގައި ބޭނުންކުރާ ގިނަ ދުވަސްވީ ވެހިކަލް ތައް އިވެލުއޭޓްކޮށް އަގުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ކޯޕަރޭޝަނުގެ ތިލަފުށީގައި ބޭނުންކުރާ ގިނަ ދުވަސްވީ ވެހިކަލްތައް އިވެލުއޭޓްކޮށް އަގުކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޕަރޭޝަނުގައި ގިނަ ދުވަސްތަކެއްވަންދެން ބޭނުންކުރެވިފައިވާ ވެހިކަލްތަކެއް ހުރުމުން މި ތަކެތި ވިއްކާލުމަށްޓަކައި އިވެލުއޭޓްކޮށް އަގުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި ތަކެތި އިވެލުވޭޓްކޮށް އަގުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ވެހިކަލްތައްް ބައްލަވައިލެއްވުމަށް މި ކޯޕަރޭޝަންގެ ކ.ތިލަފުށީގައި ހުންނަ ތިލަފުށީ އޮފީހަށް 2016 އޮކްޓޫބަރު 11 ވާ އާދީއްތަދުވަހު ހެނދުނު 09:00 އަށް ވަޑައިގެން ވެހިކަލް ބެއްލެވުމަށް ދަންނަވަމެވެ. މި ތަކެތި ބައްލަވައިލެއްވުމަށް ތިލަފުށްޓަށް ދިއުމަށްޓަކައި އެ ދުވަހުގެ ހެނދުނު 9:00 ގައި ކުރީގެ ކުނިކޮށްޓާ ދިމާގައި ކުންފުނީގެ ލޯންޗް އޮންނާނެއެވެ. އަދި މި މަސައްކަތް ކޮށްދޭނެ އަގެއް ހުށަހަޅުއްވާނީ 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 14:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހަށެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓާ ގުޅުއްވުން އެދެމެވެ.

03 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ