ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

ރަތަފަންދޫ "މަސްޖިދުއްނޫރު" މިސްކިތުގެ ތިރީގައި ތަފުސީލުދީފައިވާ މަރާމާތުތައް ކުރުމަށް ވަނީ ބޭނުންވެފައެވެ.  

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް ރަތަފަންދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. (މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)420-PM/242/2016/30 އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަދީފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ. އަދި ނަންބަރު: (IUL)420-PM/242/2016/35 ގެ އިޢުލާން ގެޒެޓްނުކުރެވޭތީ، އެ އިޢުލާނުވެސް ވަނީ ބާޠިލުކުރެވިފައެވެ.

މަސައްކަތުގެ ތަފުސީލު:

1. މިހާރު މިސްކިތުގެ މިހުރާބުގޭގެ މަތީގައި އަޅާފައިވާ ޝީޓު ނަގައި އަލުން ޝީޓެއް އެޅުން.

2. މިސްކިތުގެ އެތެރޭގައިވާ ސީލިންގގައި ފަތި އަޅައިދިނުން.

3. ވުޟޫކުރާ އިސްކުރުބަރީގެ މަތީގައި މިހާރު މުށިނުޖެހި ހުރިބައިގައި މުށި ޖަހައިދިނުން.

4. ސައުންޑް ސިސްޓަމް މިހާރު ބަހައްޓާފައިހުރި ކަބަޑު ހަލާކުވެފައިވާތީ، އަލުން ކަބަޑެއް ޖަހައިދިނުން.

5. މިސްކިތުގެ އެތެރެއާއި ބޭރުގައި ކުލައާއި ދަވާދުލުން.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ
  2. ކޮމްޕެނީ ޕްރޮފައިލް
  3. އަމިއްލަ ފަރާތަކުންނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މި އިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގުހުށަހަޅަން ޖެހޭނީ ޖުމްލަ އަގުގެ އިތުރުން ވަކިން އަގު އެނގޭ ގޮތަށެވެ.
  2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސްދެވޭނެ ކްރައިޓީރިއާ

މާކްސެދެވޭގޮތް

ތަފުސީލު

އަގު  

% 70

ޚިދުމަތުގެ އަގަށްދެވޭ މާކްސް  

މި މާކްސްދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މަސައްކަތް ނިންމާ މުއްދަތަށް   

% 20

މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކުސް   

މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

 % 10

ލިބިފައިވާ ތަޖުރިބާއަށްދެވޭ މާކްސް   

މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ ޕްރޮފައިލްގައި ކުރިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކެއް ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.

މިގޮތުން އެންމެގިނަ ޕޮއިންޓް ލިބޭނީ އެންމެގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

3 މުޙައްރަމް 1438

04 އޮކްޓޫބަރު 2016
ހޯދާ