ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައިޓީއާ ގުޅޭ ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން

އިޢުލާން

ނީލަންކިޔުމާ ބެހޭ:

މި ކުންފުނީގެ އައިޓީއާ ގުޅޭ ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/8،574 (އަށްހާސް ފަސްސަތޭކަ ހަތްދިހަ ހަތަރެއް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2016 އޮކްޓޫބަރު 9 ވާ އާދީއްތަދުވަހާއި 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ. 

26 ޛުލްޙިއްޖާ 1437

28 ސެޕްޓެންބަރު 2016
ހޯދާ