ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ސީނިއަރ އެކައުންޓްސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
އަސާސީ މުސާރަ:
|
މަހަކު -/6000 ރުފިޔާ
|
އެލެވެންސް:
|
- ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހަކަށް -/95 ރުފިޔާ
- ސަރވިސް އެލަވަންސް: ކޯޕަރޭޝަންގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން
ފޯން އެލަވަންސް: މަހަކު -/250 ރުފިޔާ
ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
|
އިތުރުގަޑި:
|
ރަސްމީގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ އެލަވަންސް ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ އޭ.ސީ.ސީ.އޭ. ސްކިލް ލެވެލް ފުރިހަމަ ކޮށްފައިވުން ނުވަތަ މި ދާއިރާއިން އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން
- މި ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ބެލެހެއްޓުން.
- މަހުން މަހަށް ކޯޕަރޭޝަންގެ އެކައުންޓް ސްޓޭޓްމަންޓްތައް ބޭންކުތަކުން ހޯދައި، ސްޓޭޓްމަންޓްތަކާ އެއްގޮތަށް ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުން.
- ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި، ބޭނުންވެއްޖެ ހާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމަތު ކަމާބެހޭ ފަރާތްތަކަށް އެރުވުން.
- މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
- ކޯޕަރޭޝަނުން ތައްޔާރުކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު، ބޭނުންވެއްޖެ ހާލަތްތަކުގައި، އެކަށޭނެ ވަގުތުގައި ހިއްސާކުރުން.
- ކޯޕަރޭޝަނުންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކޮށް އަދި އިންވެސްޓްމަންޓް އެސެސްމަންޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
|
މަސައްކަތު ވަގުތު:
|
މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (8:00 އިން 16:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ މަސައްކަތްކުރާގޮތަށް)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑއިގަންނަވާނެ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާގުޅޭނެ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް (ނެގި ފަހުން 3 މަސްދުވަސް ހަމަނުވާ)
|
ސުން ގަޑި:
|
2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހު 14:00ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓު:
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހޮވުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވާނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ.
|