ދިވެހިރާއްޖެ
އިޢުލާން
ފައިބަރު މަސައްކަތްތައް ކުރުމަށް ކުލީ ބިން ދޫކުރުން
މިރަށުގައި ފައިބަރު މަސައްކަތްތައް ކުރުމަށް ކުއްޔަށް ދޫކުރުމަށް، ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)417-CA/417/2016/61 (1 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑްފޯމު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މި ކައުންސިލުގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100 (އެއްސަތޭކަ) ރުފިޔާއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 4 ވަނަ ދުވަހުން ފެށިގެން 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުޝީޓު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ކޮންމެ ބިމަކަށް ވަކި ފޯމެއް ބައްލަވައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންބިމެވެ.
1. 40.8 7500 އަކަފޫޓު (150x50)
2. 40.9 7500 އަކަފޫޓު (150x50)
3. 40.10 7500 އަކަފޫޓު (150x50)
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަފަރުދުންގެ ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމު ހިފައިގެން ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޛުލްޙިއްޖާ 1437