ދިވެހިރާއްޖެ
އިޢުލާން
އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތަކުގެ އަގަށް ބަދަލުގެނައުން
ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލުއަގު ކަނޑައަޅައި، މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު A-42/2011 (08 ޖޫން 2011) ގެ އިޢުލާން 01 އޮކްޓޫބަރު 2016 ގައި ބާޠިލުކޮށް، މި ތާރީޚުން ފެށިގެން ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވިއްކަންވީ ކޮންޓްރޯލު އަގު ތިރީގައި ބަޔާންކުރެވިފައިވާ ތާވަލު 2 ގައި ކަނޑައަޅާފައި އެވަނީއެވެ. ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލު އަގު ހެދުމުގައި ބަލާފައި ވާނީ ތާވަލު 1 ގައި ހިމެނޭ އުފުލުމުގެ ޚަރަދުތަކުގެ އިތުރަށް ފައިދާއަށް ކިލޯއަކަށް ވިހިލާރި ހިމަނައިގެންނެވެ.
ޤާނޫނު ނަންބަރު 1/96 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ އާދައިގެ ހަނޑުލާއި، ގޮދަން ފުށާއި، ހަކުރު ވިއްކަން ވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ އަގުގައެވެ.
ތާވަލު 1: ކާޑުގެ ބާވަތްތައް އުފުލުމުގެ ޚަރަދުގެ ތަފުސީލު
އަތޮޅު |
މާލޭ މަޖޫރީ (ރުފިޔާ) (50 ކިލޯގެ ބަސްތާ) |
ނާލު (ރުފިޔާ) (50 ކިލޯގެ ބަސްތާ) |
ރަށު މަޖޫރީ (ރުފިޔާ) (50 ކިލޯގެ ބަސްތާ) |
ހއ. އަތޮޅު |
8.00 |
35 |
6.5 |
ހދ. އަތޮޅު |
8.00 |
25 |
6.5 |
ށ. އަތޮޅު |
8.00 |
19 |
6.5 |
ނ. އަތޮޅު |
8.00 |
17.5 |
6.5 |
ރ. އަތޮޅު |
8.00 |
16 |
8 |
ބ. އަތޮޅު |
8.00 |
16 |
6.5 |
ޅ. އަތޮޅު |
8.00 |
15.5 |
6.5 |
ކ. އަތޮޅު |
8.00 |
10 |
6.5 |
އއ. އަތޮޅު |
8.00 |
17 |
6.5 |
އދ. އަތޮޅު |
8.00 |
11.5 |
6.5 |
ވ. އަތޮޅު |
8.00 |
15 |
6.5 |
މ. އަތޮޅު |
8.00 |
15 |
6.5 |
ފ. އަތޮޅު |
8.00 |
15 |
6.5 |
ދ. އަތޮޅު |
8.00 |
22.5 |
8 |
ތ. އަތޮޅު |
8.00 |
21.25 |
6.5 |
ލ. އަތޮޅު |
8.00 |
22.5 |
8 |
ގއ. އަތޮޅު |
8.00 |
25 |
8 |
ގދ. އަތޮޅު |
8.00 |
35 |
8 |
ޏ. އަތޮޅު |
8.00 |
30 |
13 |
ސ. އަތޮޅު |
8.00 |
35 |
16 |
މާލެ |
0 |
0 |
0 |
ތާވަލު 2: ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކާޑުގެ ބާވަތްތައް 2016 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން ވިއްކުމަށް ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުތައް
އަތޮޅު |
ފުށް ކިލޯއެއް (ރުފިޔާ) |
ހަކުރު ކިލޯއެއް (ރުފިޔާ) |
ހަނޑޫ ކިލޯއެއް (ރުފިޔާ) |
ހއ. އަތޮޅު |
7.15 |
9.19 |
9.15 |
ހދ. އަތޮޅު |
6.95 |
8.99 |
8.95 |
ށ. އަތޮޅު |
6.83 |
8.87 |
8.83 |
ނ. އަތޮޅު |
6.8 |
8.84 |
8.8 |
ރ. އަތޮޅު |
6.8 |
8.84 |
8.8 |
ބ. އަތޮޅު |
6.77 |
8.81 |
8.77 |
ޅ. އަތޮޅު |
6.76 |
8.8 |
8.76 |
ކ. އަތޮޅު |
6.65 |
8.69 |
8.65 |
އއ. އަތޮޅު |
6.79 |
8.83 |
8.79 |
އދ. އަތޮޅު |
6.68 |
8.72 |
8.68 |
ވ. އަތޮޅު |
6.75 |
8.79 |
8.75 |
މ. އަތޮޅު |
6.75 |
8.79 |
8.75 |
ފ. އަތޮޅު |
6.75 |
8.79 |
8.75 |
ދ. އަތޮޅު |
6.93 |
8.97 |
8.93 |
ތ. އަތޮޅު |
6.88 |
8.92 |
8.88 |
ލ. އަތޮޅު |
6.93 |
8.97 |
8.93 |
ގއ. އަތޮޅު |
6.98 |
9.02 |
8.98 |
ގދ. އަތޮޅު |
7.18 |
9.22 |
9.18 |
ޏ. އަތޮޅު |
7.18 |
9.22 |
9.18 |
ސ. އަތޮޅު |
7.34 |
9.38 |
9.34 |
މާލެ |
5.96 |
8 |
7.96 |
މި އިޢުލާނުގައި ބަޔާންކޮށްފައިވާ ސަރަޙައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމުގައި މި އިޢުލާނުގައި ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. އަދި ކާޑުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކޮށްގެން ވިއްކާ ފަރާތްތަކުން އެ ސަރަޙައްދެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް މި އިޢުލާނުގައި ކަނޑައަޅާފައިވާ އަގަށް، ހަތްދިހަ ފަސް ލާރިއަށްވުރެ ބޮޑު މިންވަރެއް އިތުރުކޮށްގެން ވިއްކުމަކީވެސް، މަނާކަމެއްކަމުގައި އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
28 ޛުލްޙިއްޖާ 1437