މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފުޓްސެލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ސްޕޯޓްސް އެރީނާގެ ދަށުން ކ.ތުލުސްދޫގައި އަޅާ ފުޓްސެލްދަނޑުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 22 އޮގަސްޓު 2016 ވަނަ ދުވަހު މި އިދާރާއިން ކުރި ނަންބަރު (IUL)333/333/2016/58 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ 10:30އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ކުރީގެ ޕޯސްޓް ބިލްޑިންގ) ގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 19 ވާ ބުދަ ދުވަހުގެ 10:30އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (ކުރީގެ ޕޯސްޓް ބިލްޑިންގ) ގެ ކޮންފަރެންސްހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

26 ޛުލްޙިއްޖާ 1437 

28 ސެޕްޓެންބަރު 2016
ހޯދާ