ދިވެހިރާއްޖެ
އިޢުލާން
ކ.ތުލުސްދޫ މަސްޖިދުއްތަޤްވާ ޢިމާރާތްކުރުން (ފުރަތަމަފޭސް)
ތުލުސްދޫ މަސްޖިދުއްތަޤްވާ ޢިމާރާތް ކުރުމުގެ ފުރަތަމަ ފޭހުގެ މަސައްކަތް ކުރުމަށް 22 އޮގަސްޓު 2016 ގައި ކުރެވުނު ނަންބަރު: (IUL)333/333/2016/59 އިޢުލާނާ ގުޅިގެން އެ މަސައްކަތްކޮށްދިނުމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި އިދާރާއިން ހުށަހަޅާ ކުރެހުންތަކާއި މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ޙަރަކާތް |
ތާރީޚު |
ގަޑި |
ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން |
11 އޮކްޓޯބަރ 2016 |
13:30 |
މަޢުލޫމާތު ހޯދި ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ ބޭއްވުން |
16 އޮކްޓޯބަރ 2016 |
13:30 |
މަޢުލޫމާތު ހޯދި ފަރާތްތަކުން އަގު ހުށަހެޅުން |
23 އޮކްޓޯބަރ 2016 |
13:30 |
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
26 ޛުލްޙިއްޖާ 1437