ދިވެހިރާއްޖެ
އިޢުލާން
ނެޓްބޯޅަކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
ސްޕޯޓްސް އެރީނާގެ ދަށުން ކ.ތުލުސްދޫގައި އަޅާ ނެޓްބޯޅަކޯޓުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 24 އެޕްރީލް 2016 ވަނަ ދުވަހު މި އިދާރާއިން ކުރި (IUL)333/333/2016/20 ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހުގެ 13:00އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
26 ޛުލްޙިއްޖާ 1437