ދިވެހިރާއްޖެ
އިޢުލާން
ހަނިމާދޫ ފުޓްބޯޅަދަނޑުގައި ހުރި ރޮސްޓްރަމްގައި ނުނިމިހުރި މަސައްކަތް ކުރުމާބެހޭ
ހަނިމާދޫ ފުޓްބޯޅަދަނޑުގައި ޢިމާރާތް ކޮށްފައިވާ ރޮސްޓްރޮމްގައި ނުނިމިހުރި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލުގެ ނަންބަރު:(IUL)258/2016/29 (24 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 19 ވާ ބުދަދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މި ފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.
27 ޛުލްޙިއްޖާ 1437