އައްޑުއަތޮޅު މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް ޢިމާރާތަށް ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ
އިޢުލާން
މި ސްކޫލްގެ އައު އޮފީސް އިމާރާތަށް ފަރުނީޗަރު ގަތުމަށް 21 ސެޕްޓެންބަރު 2016 މި ތާރީޚުގައި ކުރެވުނު ނަންބަރު GS61/IUL/2016/11 އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ދިނުން: 2016 އޮކްޓޫބަރު 06 ވާ ބުރާސްފަތި - ގަޑި ހެނދުނު 10:00 އަށް
* އަންދާސީހިސާބު ހުށަހެޅުން: 2016 އޮކްޓޫބަރު 09 ވާ އާދީއްތަ - ގަޑި ހެނދުނު 10:00 އަށް
މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
29 ސެޕްޓެންބަރު 2016
ހޯދާ