ދިވެހިރާއްޖެ
މަޤާމް :އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ | |
---|---|
ބޭނުންވާ އަދަދު :1 | |
ވަޒީފާގެ ފުރުޞަތު: އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ މި މިނިސްޓްރީގެ ނަންބަރު (IUL)138-AS4/1/2016/131 (11 ޖުލައި 2016) އިން ދެންނެވުނު މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ މި މަޤާމަށް އަލުން އިޢުލާން ކުރަމެވެ. މި މިނިސްޓްރީގައި އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމަށް "އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ"ގެ މަޤާމަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން "އިންފޮމޭޝަން ސިސްޓަމް ޑިވެލޮޕަރ"ގެ މަޤާމުގެ މަސްއޫލިއްޔަތާއި ފެންވަރު ނުވަތަ ޝަރުޠު އަދި ވަޒީފާއަށް ހޮވުމުގައި ބަލާނެ މުހިންމު މިންގަނޑުތައް، ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ގައި ބަޔާންކުރެވިފައިވާނެއެވެ. ވީމާ، މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޮނުވާ ސީޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 2016 އޮކްޓޫބަރު 16 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށް ފޮނުއްވުން އެދެމެވެ.
މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004340 ފެކްސް:3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv 26 ޛުލްޙިއްޖާ 1437 |