ގުރައިދޫ ޞިއްޙީ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މި ޞިއްޙީމަރުކަޒުގެ ނަންބަރު KGH2016/07  (16/8/2016) އިޢުލާނާ ގުޅިގެން ޝަރުޠު ފުރިހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ސީނިއަރ އެޑްމިނިސްޓްރޭޓަވް އޮފިސަރުގެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ. 

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމު:

ރޭންކް: MS 1  

މަޤާމުގެ ގިންތި:  ދާއިމީ 

1

ބޭނުންވާ އަދަދު:

ސ. އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މަހަކު -/5610 ރުފިޔާ

މުސާރަ:

މަހަކު -/2000 ރުފިޔާ

ސަރވިސް އެލަވަންސް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

ރިސްކް އެލަވަންސް:

އެޑްމިން ސެކްޝަން

ޑިވިޝަން/ ސެކްޝަން:

ކ. ގުރައިދޫ ޞިއްޙީމަރުކަޒު

މަޤާމު އޮތްތަން:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު ޢިނާޔަތްތައް:

1- ހެލްތް މާސްޓަރ ޕްލޭނާއި، މިނިސްޓްރީގެ ސްޓެރެޖިކް ޕްލޭނުގެ މައްޗަށް ޞިއްޙީމަރުކަޒުގެ ޢަމަލީ މަސައްކަތް ރާވައި ހިންގުމާއި ލަނޑުދަނޑިތައް ހާސިލުވާނޭ ގޮތަށް ޞިއްޙީމަރުކަޒުގެ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ އެފަރާތުގެ ލަފަޔާއި މަޝްވަރާގެ މަތިން ރާވައި ހިންގުން.

2. ޞިއްޙީމަރުކަޒުން ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން މިމަރުކަޒު ގިންތިކޮށްފައިވާ މިންވަރަށް ކަނޑައަޅައިފައިވާ ޚިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފައިވާ ފަރާތެއްވާނަމަ އެފަރާތުގެ މަޝްވަރާއާއެކު މައްސަލަތައް ހައްލުކުރުން.

3. ޞިއްޙީމަރުކަޒުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ އެފަރާތުގެ މަޝްވަރާއާއެކު، ރާވައި ހިންގައި ބެލެހެއްޓުމާއި، އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވައި މުވައްޒަފުންނާއި، މަސައްކަތްތައް ހަވާލުކުރުމާއި، މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން.

4. މިނިސްޓްރީ އޮފް ހެލްތުން މިމަރުކަޒު ގިންތިކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނުކުރުމުގެ ޕްލޭނެއް އެކުލަވާލައި މިނިސްޓްރީއާ ގުޅިގެން ތަންފީޒު ކުރުން.

5. ގިންތިކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފައިވާ ފަރާތެއްވާނަމަ އެފަރާތުގެ ސަމާލުކަމަށް ގެނެސް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ތަކެތި ހޯދުމަށް އެފަރާތަށް އެހީތެރިކަން ދިނުން.

6. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ކަންތައްތައް ކުރުން.

7. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ކުރުން.

8. އަދި މީގެއިތުރުންވެސް އެހެނިހެން މަސައްކަތްތައް ކުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހިއުމަންރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބްލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް އެމްޕްލޯއިމެންޓް ލޯ، ޕަބުލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަންޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ހިއުމަންރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބުލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންޕޮމޭޝަން ޓެކްނޮލޮޖީ، ބިޒިނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

3. ހިއުމަންރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބުލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަންޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތައުލީމާ ތަޖުރިބާ

ކ.ގުރައިދޫ ޞިއްޙީމަރުކަޒު

މަސައްކަތް ކުރަންޖެހޭ ތަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޖިސްމާނީ އަދި ނަފުސާނީ ޤާބިލުކަން ހުރި މިންވަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް

1. ސިވިލް ސާރވިސަސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާ އަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

2. ސިވިލް ސަރވިސަސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުއްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ސެޓުފިކެޓު، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުން، ކޯހުން ލިބޭ ސެޓުފިކެޓު

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ސުންގަޑި

މުއްދަތު ހަމަވި ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އިންޓަރވިއު މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ނަންބަރަކީ 6640405 އެވެ.

ވަޒީފާއަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

26 ޛުލްޙިއްޖާ 1437  

25 ސެޕްޓެންބަރު 2016
ހޯދާ