އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ކޯޓް އޮފިސަރ (މިއީ ދާއިމީ މަޤާމެކެވެ.)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ.އެސް 3

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25 އަށްވާ ފައިސާ

- ލިވިންގް އެލަވަންސް: -/2550 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން.
  2. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާ، ކޯޓުން ކުރަންޖެހޭ މުޢާމަލާތްތައްކުރުން.
  2. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖުލީހުގެ ގަވާއިދުތަކާއި ސުލޫކު ބަހައްޓަންވީގޮތް ޝަރީޢަތުގެ މަޖުލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން.
  3. ޝަރީޢަތުގެ މަޖުލީހުގެ އިދާރީ އިންތިޒާމު ފުރިހަމަކުރުން.
  4. ޝަރީޢަތުގެ މަޖުލީހުގައި ނުވަތަ ކޯޓުތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ޙަރަކާތްތެރިވުން.
  5. ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ/ އިދާރީ މަސައްކަތްތައްކުރުން.
  6. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/ އިދާރީ ރިޕޯޓުތައް ތައްޔާރުކުރުން.
  7. ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ / އިދާރީ ރެކޯޑުތައް ފުރިހަމަކޮށް ބެލެހެއްޓުން.
  8. ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
  9. މި ކޯޓަށާއި އެހެން ކޯޓުތަކަށް ހާޒިރުވާންޖެހޭ ފަރާތްތަކާއި ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރުން.
  10. އެކިއެކި ޢިމާރާތްތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ތަތްކުރަންޖެހޭ އަމުރު ތަތްކުރުން.
  11. ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

 

ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 20 ފަރާތަށް ވުރެ ގިނަވެއްޖެނަމަ، އިންޓަރވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްހުން އެންމެ މަތީ މާކްސް ލިބޭ 20 ފަރާތެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)   

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ (މިގޮތަށް ނެތް ހުށަހެޅުންތައް ބާޠިލުކުރެވޭނެ)

- ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

2016 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 12:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު ނަންބަރު: 5246891     ފެކްސް ނަންބަރު: 6891742     

26 ސެޕްޓެންބަރު 2016
ހޯދާ